ރައްޔިތުންނަށް ކަންކަމުގައި ނަސޭހަތް ދިނުމުގެ ކުރިން ސިޔާސީ ބޭފުޅުން ނަމޫނާ ދެއްކެވުމަށް ކުރީގެ މިނިސްޓަރު އަނީސާ އަހްމަދު ވިދާޅުވެއްޖެއެވެ.
އަނީސާ މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައެވެ. ރޭގެ ޖަލްސާގައި އަލީ އާރިފް ވިދާޅުވީތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން މި ދުވަސްކޮޅު ތިރިވެލަންޖެހޭ ކަމަށެވެ.
"މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި ކެއި ކެއުން ހުއްޓާލާފައި، ކޮންމެވެސް ވަރަކަށް ގޭތެރޭގައި އަމިއްލަ އަށް ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކާލައިގެން، ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލުން،" އަލީ އާރިފް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
އަލީ އާރިފްގެ އެ ވާހަކަފުޅާ ގުޅިގެން އަލީ އާރިފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ތަންކޮޅެއް އާދައިގެ ދިރިއުޅުމެއް އުޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ފެންވަރަށް ސިޔާސީ ބޭފުޅުން ތިރިވެވަޑައިގެން ނަމޫނާ ދައްކަވައިފިނަމަ ރައްޔިތުން އެކަން ގަބޫލުކުރާނީ ހިތްހަމަ ޖެހިގެން ކަމަށެވެ.
މި ދުވަސްވަރަކީ ދަތި އުނދަގޫ ދުވަސް ވަރަކަށް ވީ ނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އަލީ އާރިފްގެ ވާހަކަފުޅުގައި ރޭ ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ