ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަސީހު އަމަލު ކުރެއްވި ގޮތަށް އަލަށް އިންތިހާބުވި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަމަލު ނުކުރެއްވުމަށް އިދިކޮޅު އެމްޑީޕީން އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ލީޑާޝިޕުން އެގޮތަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ރައީސާ އެކު މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމަށްފަހު އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ފައްޔާޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
"މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް މި ޕާޓީގެ ފަރާތުން އިލްތިމާސް ކުރެއްވި،" އެމްޑީޕީން ކުރި ޓްވީޓެއްގައިވެއެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ތިބީ އެމްޑީޕީގެ 12 މެމްބަރުންނެވެ. އެ މެމްބަރުން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތައް ސަރުކާރު މެޖޯރިޓީ އޮންނަ، ޕީއެންސީން ދަނީ މަޖިލީހުގެ ތަޅުމުން ބޭރުކުރަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ