ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްހަރުކުރި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 23ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި 40 އަހަރުގެ އަންހެން މީހާ އާއި 26 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުންގެ ވަނަވަރު ހާމަ ނުކުރި ނަމަވެސް އަދި މައްސަލައިގެ ތަފްސީލު ހާމަ ނުކުރި ނަމަވެސް އެއީ ޝަމްނާޒު ހައްޔަރު ކުރި މައްސަލަކަން އެނގެއެވެ. ޝަމްނާޒުއާ އެކު އޭނާގެ ކޮއްކޮއެއް ވެސް ހައްޔަރުކުރި ކަމަށްވެއެވެ.
އެ މައްސަލައާ ގުޅިގެން ޝަމްނާޒު ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ. ޝަމްނާޒަކީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ.
ޝަމްނާޒުގެ މައްސަލަ ފެންމަތިވި ހިސާބުން، ރަމީޒު ވެސް ވަނީ މަގާމުން ސަސްޕެންޑު ކޮށްފައެވެ.
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
ވަޒީފާ ދިނުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަން ލާޒިމުކޮށްފި
މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި މައިމޫން ވިލިމާލެ ޖަލަށް
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި