ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ހިއްސާ އަކަށް 80 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ނީރި ލައުންޖުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާ އަކަށް ބެހުމަށް ނިންމި އަދަދު ފާސްވީ އެ ޖަލްސާގައި ބައިވެރިވި 189 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު ހިއްސާދާރުންގެ ވޯޓުންނެވެ.
މި އަދަދަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެސްޓީއޯ އިން ހިއްސާ އަކަށް ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރު އެކުންފުނިން ހިއްސާ އަކަށް ބަހާފައި ވަނީ 77 ރުފިޔާއެވެ.
އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 16.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ، މީގެ ކުރީ އަހަރާއި އަޅާބަލައި 10 އިންސައްތައިގެ ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާއިއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.
އެހެންނަމަވެސް އެ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާއިއެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު