އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތާއި އޮހުރުވި ދަލުން މިއަދު، ދިވެހި ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބެމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދަނޑިކޮށި ޖަގަހާގައި ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިއަދު ދިވެހި ގައުމަށް އައިސް ހުރި ކޮންމެ ކުރިއެރުމަކީ އެމްޑީޕީ އެކަމުގެ ފަހަތުގައި އޮވެގެން އައިސްފައި އޮތް ކުރިއެރުމެއް ކަމަށެވެ. އެމްޑީޕީން އޭރު އެ މަސައްކަތްތައް ނުކުރި ނަމަ އަދިވެސް ރާއްޖޭގައި އޮންނާނީ ކުރީގެ ވެރިކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ވެރިކަންތައް ބަދަލު ވެގެން ގޮސްފައި ވަނީ އެމްޑީޕީގެ ހީވާގީ މެންބަރުން ކުރި ބުރަ މަސައްކަތުންކަން އާޒިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް ލިބުނު ތަރައްގީއެއް ލިބުނީ އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ. އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އެމްޑީޕީގެ މެންބަރުން އޮހޮރި ލެއިން އޮހޮރި ދަލުން. އެނޫން އެއްވެސް ކަމެއް ވެގެނެއް ނޫން. މިއަދު އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އަޅުގަނޑުމެންގެ މުސްކުޅި މަންމަ ބައްޕަ އަށް އެބަލިބޭ 5،000 ރުފިޔާ. އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އެބަ ލިބޭ އެކަނިވެރި މައިންނަށް ފައިސާ. އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އެބަ ލިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފައިސާ. އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އެބަ ލިބޭ ފޮތް ފަންސޫރު ހިލޭ ޔުނިފޯމް ހިލޭ. އެމްޑީޕީގެ މެންބަރުން ކުރި މަސައްކަތުން އެބަ ލިބޭ އަގުހެޔޮކޮށް ކަރަންޓު،" އެމްޑީޕީގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާތައް ހިއްސާ ކުރައްވަމުން އާޒިމް ވިދާޅުވިއެވެ.
މިއަދު ސަރުކާރުގައި ތިބި ފަރާތްތަކަށް ދެއްކެން އޮންނާނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ކަންކަމުގެ ވާހަކަތައް ކަމަށާއި އެނޫން ވާހަކައެއް ނުދެއްކޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އެމްޑީޕީގެ ސަރުކާރުން މިހާތަނަށް ކޮށްފައި ހުރި ކަމެއް ކޮށްފައި ހުންނާނީ ރަނގަޅަށް ކަމަށާއި އެ މަސައްކަތް ކޮށްފައި ހުންނާނީ ހެޔޮ ހިތުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް