މާލޭގައި ގޭންގަކުން ގޮސް ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި އެއް ގާތިލަކަށް ހުސައިންގެ މަންމަ މައާފް ދިނުމުން އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.
ޑިސެމްބަރު، 2013 ގައި މ. އައިޝާ, ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ އެ ކޯޓުގައި އޮއްވާ އެ އޭނާއަށް މައާފް ދޭން ބޭނުންވާ ކަމަށް ހުސައިން ވަހީދުގެ މަންމަ 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގެ ދަށުން އެންމެ ވާރިސަކު މައާފް ދިން ނަމަވެސް ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެތީ, އެ ކުއްޖާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލްކުރީ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް އެ ކުއްޖާގެ މައްޗަށް ގާނޫނީ ގޮތުން ދެން ކަނޑައެޅޭނެ ގާނޫނީ އަދަބަކާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
މަރުގެ އަދަބުން ސަލާމަތްވި ނަމަވެސް ގާނޫނީ އަދަބެއް ދިނުމުގެ ފުރުސަތު އޮވެ އެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި