ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން މީގެކުރިން ވެސް ހަމަ މި މައްސަލާގައި ހޯދަން އިއުލާނު ކުރި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ޙުސައިން، 29، ހޯދަން ބޭނުންވާ ކަމަށެވެ.
ފުލުހުން ބުނީ އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު ފަހު 1:00 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އުބާދަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް ދޭން އެދިފައިވެއެވެ.
މީގެ ތިން މަހެއްހާ ދުވަސް ކުރިން ވެސް އުބާދަތު ހޯދުމަށް ފުލުހުން އިއުލާނު ކުރިއެވެ. އެފަހަރުވެސް އޭނާ ހޯދަން އިއުލާނުކުރީ ކޯޓަށް ހާޒިރު ކުރުމަށެވެ.
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު
ސަލީމް، ބަޖެޓު ކޮމެޓީގެ މުގައްރިރު ކަމަށް
އަމިއްލަ ކުންފުނިތަކަކާއެކު 206 މަޝްރޫއުއެއްގައި ސޮއިކޮށްފި