މާލެ އަދި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފާއިތުވެ ދިޔަ ދެ ދުވަހު ވެސް ފުލުހުންނާއި އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި މާލެ އަދި ހުޅުމާލޭގެ ރީޓައިލް ފިހާރަތަކާއި ޓޭކްއަވޭ ފަދަ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީންނާއި ސުވާލުކޮށް މައުލޫމާތު ސާފު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ތިން ތަނެއް ބަލާ ފާސްކޮށް 9 ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 9 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ހަތަރު ތަނެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ހަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
މިދިޔަ މަހު ޖޮއިންޓު ޓާސްކް ފޯސް ޓީމުން ވަނީ ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ، 50 ވަރަކަށް ބިދޭސީން އަތުލައިގެންފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެންދެން އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެފައވެެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ