ފޭކް ޕާސްޕޯޓުތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު މޯލްޑިވްސް އިމިގްރޭޝަންސް އިން ހުއްޓުވައިފިއެވެ.
އިމިގްރޭޝަން އިން އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މިމަހުގެ ތިންވަނަ ދުވަހު ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި ހަތަރު ބިދޭސީން ހުއްޓުވާފައިވާ ކަމަށެވެ.
ހުއްޓުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ. އެމީހުންގެ ވަނަވަރެއް އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ހިދުމަތާއި އަދިވެސް ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަންތަކެއް އަންނަނީ ވެސް ހިންގަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ