ސަރުކާރަށް ތާއީދު ނުކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެޕާޓީގެ ފަރާތުން ދަނޑިކޮށި ހަރުގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވުމާ ގުޅިގެން އެޗުޑީސީގެ ވަޒީފާ އަދާ ކުރަމުން ދިޔަ މުވައްޒަފަކު ވަކިކުރުން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށާއި އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
"ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ވާތީ ނުވަތަ ތާއީދު ކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރި ވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފައެވެ. އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން މި ޕާޓީން ފާހަގަކުރަމެވެ" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން މިފަދައިން ބުނި ނަމަވެސް އެޗްޑީސީން މިއަދު ބުނީ އެޗްޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ސަބަބުން ނޫން ކަމަށެވެ. އެ ފިޔަވަޅު އޭނާ އަށް އެޅީ ޖެހިޖެހިގެން ތިން ދުވަހު ވަޒީފާ އަށް ނުކުމެފައި ނުވާތީ ކަމަށް އެޗްޑީސީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެމްޑީޕީ އަކަށް ނުބުނެވޭނެ ސަރުކާރުން ކުރާ ކަންތަށް ތަކަށް ހުއްޓާ ލާށެކޭ އެމީހުން ވެރިކަން ކުރިއިރު އެހެންމީހުން ތިކަންކަން ނުކުރާށޭ ބުނީމާ އެ ވެރިންގެ ހުރީ ބީރު ކަންފަތަކާ ކަނުލޮލެއް ދެން ކީއްކުރަން މިހާރު ނާޗަރަން ގީ ކުޅޭކަށެއް
ދޮންދުބުރިމާއޭނަ ވަޒީފާއިން ވަކިކުރީ ސިޔާސީ ވެގެނެއް ނޫން އޭނަ ވަކިކުރީ ފިންގަ ޖަހައިފަ ގޮސް ވިނުވީތަން ނޭގި ކޮއްމެ ދުވަހަކު ހޯދަން ޖެހޭތީ ގިނަ ދުވަސް ދުވަހު ފިންގާ ޖަހައިފަ ގޮސް ނިދަނީ ކަނޑާލަން ލަސްވެސް ވެއްޖެ
ލޭކޮކާމޑޕ ވެރިކަމުގާވެސް ކަންތަށް ކުރީއެހެންނު މިހާރު ގުދާ ގުދާ ގޮވީމަރީޗެއްނޫ
ވ