ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި "ވެލްކަމް" މޮނިއުމަންޓެއް ބަހައްޓައިފިއެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން މިއަދު ބުނީ އެ މޮނިއުމަންޓު ހުޅުވީ މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާ އެކުންފުނީގެ އިސްވެރިން ކަމަށެވެ. އެކުންފުނިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މުޅިން އަލަށް "ވެލްކަމް" މޮނިއުމެންޓެއް އިފްތިތާހު ކުރެވިގެން ދިއުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
ލެޑް ސްކްރީނެއް ހިމެނޭ އެ މޮނިއުމެންޓަކީ ވީއައިއޭގެ އާ ޓާމިނަލްގެ ޑިޒައިނަށް ފުރިހަމަ ކޮށްދޭ ބިނާއެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ވީއައިއޭ ބޮޑު ކުރުމުގެ މަޝްރޫއު ކުރިޔަށް ދާއިރު އެކުންފުނިން އަންނަނީ އެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިންމާ އައު ޓާމިނަލްގެ ހިދުމަތް ދިނުމަށް މަސައްކަތްތައް ކުރަމުންނެވެ. އޭރުން ގާތްގަނޑަކަށް އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ