މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ، ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޮސްޓްކުރާ އެ ކޮންގްރެސްގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ފަސް ޕާޓްނަރުން ހަމަޖައްސާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ:
- އޭވިއާ މޯލްޑިވްސް
- މާގިރި ހޮޓެލް
- ސްކައިޓުއަރސް މޯލްޑިވްސް
- ވިލާ ޓްރެވަލްސް
- މޯލްޑިވްސް ފްލައިޓް ސަޕޯޓް
ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ އެ ކޮންގްރެސް ރާއްޖޭގައި ބޭއްވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އެކު ބައިވެރިވާ ފަރާތްތަކަކީ:
- ރިސޯޓް ޕާޓްނަރުން: ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫން
- ވެނޫ ޕާޓްނަރ: ކުރުނބާ މޯލްޑިވްސް
- ޑިޖިޓަލް ޕާޓްނަރ: ދިރާގު
- ސީޕްލޭން ޕާޓްނަރ: ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީ.އެމް.އޭ)
- އެއަރލައިން ޕާޓްނަރ: އެމިރޭޓްސް އެއަރލައިން
- އޭވިއޭޝަން ޕާޓްނަރ: މޯލްޑިވިއަން
- މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ
އެންޑޯސްމަންޓް ޕާޓްނަރުން:
- މިނިސްޓްރީ އޮފް ޓޫރިޒަމް
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)
އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެ ކޮންގްރެސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އެއާޕޯޓުތަކާއި، އެއާލައިންތައް އަދި ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ އިސް މަންދޫބުންނާއި ޓުއަރިޒަމް ބޯޑުތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
މި ކޮސްގްރެސްގެ ރަސްމީ ހަރަކާތްތައް ކުރުނބާ މޯލްޑިވްސް ރިސޯޓްގައި މިމަހު 10 އިން 11 އަށް ކުރިއަށް ދާނެއެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ކޮންގްރެސްގެ އިތުރު އިވެންޓްތައް ޝެރެޓަން މޯލްޑިވިސް، އަދި ކޮރޮސް ރޯޑްސްގެ ސައީ ލެގޫންގައި ކުރިއަށް ދާނެއެވެ.
އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.