ޖަޕާނުގެ ދެކުނުން އެގައުމުގެ ކޮންޓިނެންޓަލް ޝެލްފް ސަރަހައްދުގެ ތެރޭގައި ޗައިނާއިން ބޮއެއް އެޅި މައްސަލައަކީ ހިތާމަކުރާ މައްސަލައެއްކަމަށް ޖަޕާނުން ބުނެފިއެވެ.
ހަފްތާ ބަންދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ ވިދާޅުވީ ބޭނުމެއް އަދި ސަބަބެއް ނުބުނެ ޗައިނާއިން އެކަންކުރުމުން ޖަޕާނުން ކަންބޮޑުވާކަމަށެވެ. އަދި ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ޗައިނާއިން އިހްތިރާމްކުރަން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބެއިޖިންގ އިން ބުނާ ގޮތުގައި އެތަނުގައި ބޮއެ އަޅާފައިވަނީ ސުނާމީ މޮނިޓަރ ކުރުމަށެވެ. އަދި ކޮންޓިނެންޓަލް ޝެލްފްއަށް ޖަޕާނުން އޮތް މިލްކުވެރިކަމާމެދު ސުވާލު ނުއުފައްދާކަމަށް ޗައިނާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޗައިނާއިން މި ބޮއެ އަޅާފައިވަނީ އެގައުމުގެ އަސްކަރީ ސަރވޭ އުޅަނދު ޝިއާންގް ޔަންގް ހޮންގް-22 ޖޫން މަހުގެ މެދުތެރޭގައި އިރުމަތީ ޗައިނާ ކަނޑުގައިވާ ޖަޕާނުގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ތެރެއިން ދަތުރުކުރަމުން ދިޔަ ދަނޑިވަޅުގައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުވެސް، އިރުމަތީ ޗައިނާ ކަނޑުގައި ޖަޕާނުން ކޮންޓްރޯލްކުރާ ޑިއައޯޔޫ ޖަޒީރާތައް ކައިރީގައި ޗައިނާއިން ބޮއިތަކެއް އެޅުމާ ގުޅިގެން ޖަޕާނުން އެބޮއެތައް ނެގުމަށް ޗައިނާއަށް އެންގިއެވެ. ޖަޕާނުން ސެންކާކޫ އައިލެންޑްސްގެ ނަން ދީފައިވާ މިރަށްތަކުގެ މިލްކުވެރިކަމާމެދު ޗައިނާއިންވެސް ދައުވާކުރެއެވެ. އަދި މި ޖަޒީރާތަކުގެ ކައިރިއަށް ޗައިނާގެ ކަނޑުގެ އަސްކަރީ އުޅަނދުތައް ވަންނަ މައްސަލައިގައި ޗައިނާއި ޖަޕާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ.
"އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭ ކަމެއް މިތާ އިނދެގެން ނުކުރާނަން"
ދިވެހި ދެ އުމްރާވެރިޔަކު ނިޔާވެއްޖެ
ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު މާލޭން ދެ މީހަކު ހައްޔަރުކޮށްފި
އިންޑިއާ ހައި ކޮމިޝަނުން އިސް ނަގައިގެން އައިޓެކް ދުވަސް ފާހަގަކޮށްފި
ބޭރުގެ ބަޔަކަށް ވިޔަފާރި ބަނދަރު ދޭން އުޅޭ ވާހަކަ ޒަމީރު ދޮގުކޮށްފި