ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ގިނަ ކައުންސިލަރުން އިންތިހާބު ކުރުމުން ދައުލަތުގެ ހަރަދު ބޮޑުވާ ކަމަށް ވިދާޅުވެ، "ޕީއެންސީ ހައުސް"ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުދި އާބާދީތަކަށް ރައީސަކާއި ނައިބު ރައީސެއް އިންތިހާބުކުރުމުން ފުދޭނެ ކަމަށެވެ.
"ރަށެއްގެ 300 މީހުން 500 މީހުން، 1000 މީހުންގެ ރަށެއްގައި ފަސް މީހުން ހަތް މީހުން ހޮވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް. އަޅުގަނޑު ހިތުން ކައުންސިލް ރައީސްގެ ގޮތުގައި، އެ މަގާމަށް ހޮވާ މީހާއަށް ކުރީ ޒަމާނުގައި ކިޔާ ގޮތަށް ކަތީބު ކިޔާކަމުގައިވިޔަސް، ރައްޔިތުންގެ ފަރާތުން ހުންނަ ވެރިިއެއްގެ ގޮތުގައި ކައުންސިލް ރައީސަކާއި ނައިބު ރައީސެއް ހޮވީމަ އާބާދީގެ ގޮތުން ކުދި ރަށްތަކަށް ފުދޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުން އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކުގެ ކައުންސިލަރުންގެ އަދަދު ވެސް މަދުކުރަންޖެހޭ ކަމަށެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރުމުން، ކޮންމެ އަހަރެއްގެ ބަޖެޓުން ހޭދަކުރާ ފައިސާ ސަލާމަތްކުރެވި ތަރައްގީގެ މަސައްކަތްތަކަށް އެ ފައިސާ ހަރަދުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި، ހަރަދުގެ ގޮތުން ބަލާއިރުގައި ރައްޔިތުންގެ އަތްފޯރާ ހިސާބަށް ކުޑަކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ޒިންމާދާރު ގޮތްކަމުގައިވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
Konme ministry akah 12 naib minister raees ayyan nukuri as, 4lakka meehunge gaumuge sarukaareh hingeyne.
ދިވެހީންގެއަބުދުﷲމިހާކުޑަޣައުމެއްގަ ރައީސުއޮފީހުގަ އެހާގިނަ ސިއާސީމަގާމު ހުރެގެންވެސް ނުވާނެ.
ޙަސު100% ތާއީދު ތިކަމަށް.
ކަތީބު