ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ސަރުކާރުގެ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
"ޕީއެންސީ ހައުސް"ގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ އިންތިހާބު އެކުގައި ބޭއްވުމުން ދައުލަތުގެ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. ރިޔާސީ/މަޖިލިސް އިންތިހާބު އެކުގައި ބޭއްވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމާށާއި އެކަން ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ، ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، 2028ގައި މި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށާއި އަދި 2023ގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 180 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭރުން [މި ދެ އިންތިހާބު އެކުގައި ބޭއްވުމުން] އަޅުގަނޑުމެންނަށް އެބަ ސަލާމަތް ކުރެވޭ މަދުވެގެން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ދައުލަތަށް، ސަރުކާރަށް ނިންމައިދެވޭނެ. އެތައް ކަމެއް ނިންމައިދެވޭނެ. ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރަން ބެލިޔަސް، އެ ފައިސާއިން އެކަން ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ/މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް މިއަހަރު ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް