މިސްކިތެއްގައި އޮތް ކީރިތި ޤުރުއާންގެ ހަތިމެއް ވީދާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާނެވެ.
ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފަ އެވެ.
ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އޭނާ މިސްކިތުގައި އޮތް ހަތިމެއްގައި ދަތްއަޅައި ވީދާލައިފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެ އަމުރުގައި އޭނާ ބަންދުގައި ބެހެެއްޓުމަށް އަމުރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ އާއި
އޭނާއަކީ ބިދޭސީއަށްވުމުން ފިލައިގެން ހިނގައިދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް އަމުރުގައިވެ އެވެ.
މީގެ ކުރިން ހަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. އެ މީހާ ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރިން ހުކުމްކުރި އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ