މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކަރަންޓު ކޭބަލްތައް ބުރިކޮށް، ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:12 ހާއިރު މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ ސަބްސްޓޭޝަނަކުން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ ސަބްސްޓޭޝަނުގެ ކޭބަލްތައް ބުރިކޮށް ވަނީ ވަގަށް ނަގައިފައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ