ކީރިތި ރަސޫލާގެ ދިރިއުޅުއްވުމުން މުޅިންވެސް ފެންނަން އޮތީ ނަމޫނާ ލިބިގަންނަން ޖެހޭ ފަދަ އެތައް މިސާލުތަކެއް ކަމަށާއި އެގޮތުން އިސްރާފު ނުކުރުމާއި، ބޭކާރު ހަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެންގެ ކިބައިގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވެވި ހިތާބުގައި މިރޭ ވިދާޅުވީ މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަން ކަމަށެވެ. އެގޮތުން އާއިލާތައް ބަދަހިވާން ޖެހޭ ކަމަށާއި މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ހިތާބުގައި ހިޖުރީ އައު އަހަރެއްގައި ދިވެހި ރައްޔިތުން އެއްބައިވެ، ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އެންމެން އެކަތިގަނޑަކަށްވުމަށް އަޒުމް އައު ކުރެއްވުމަށް އެދިވަޑައިގަތެވެ.
"ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމައު ވަނީ އިހުމާލުވެފައެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ހަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑައެވެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ހާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫއުވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އައު އަހަރާއެކު ދިވެހިންގެ އަޒްމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުން ކަމަށެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ