ސޯޝަލް މީޑިއާގައި ރެއިންސުރެ އެންމެން ވެސް ދައްކަމުން ދަނީ އެއް ވާހަކައެކެވެ. ރައްޓެހި ރަހުމަތްތެރިން އެކުގައި ހަދާފައިވާ ގްރޫޕް ޗެޓުތަކުގައި ވެސް ދައްކަނީ އެ ވާހަކައެވެ. ޒުވާން ފިލްމީތަރި އައިމިނަތު ރަޝްފާ (އާޝާ) ވެޓެރަން އެކްޓަރު މުހައްމަދު ރަޝީދު (ދަރާ)އާ ކައިވެނި ކުރީ ހެއްޔެވެ. އެ ވާހަކަ އެގޮތަށް ދެކެވެން ފެށީ ރޭ އާޝާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
އެ ޕޯސްޓުގައި ފެންނަނީ އާޝާ އަދި ދަރާ ރަޝީދާ ދެތަރިން އެކަކު އަނެކެއްގެ މޫނަށް ހިނިތުންވުމާއެކު ބަލަހައްޓައިގެން ހުންނަ ތަނެވެ. އާޝާގެ އެ ފޮޓޯ ކެޕްޝަނެއްގެ ގޮތުގައި ލޯތްބަކީ އެއްވެސް އުމުރެއް އޮންނަ އެއްޗެއް ނޫން ކަމަށް ބުނެފައިވެއެވެ. އެޕޯސްޓަކީ ހަގީގަތެއްތޯ ވެސް ބަލާނުލާ އެތައް ބަޔަކު އެ ޕޯސްޓު ބޭނުން ކޮށްގެން ތަފާތު އެކި ވާހަކަތައް ފަތުރައިފިއެވެ.
ނަމަވެސް ހަގީގަތަކީ އާޝާއާ ދަރާ ރަޝީދު "އަސްލަށް" ވެސް ކައިވެނި ކުރީކީ ނޫނެވެ. މިއީ ފިލްމެއްގެ މާކެޓިން ޕޯސްޓެކެވެ. ނަމަވެސް އެ ޕޯސްޓާ ގުޅިގެން އެހާ ބޮޑަށް މީހުން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާނެ ކަމަކަށް އެ ޕޯސްޓު ހިއްސާކުރި އާޝާ ހިއެއް ނުކުރެވެއެވެ.
"އެއީ އަސްލު މާކެޓިން ޕޯސްޓެއް. އެ ޕޯސްޓު އެގޮތަށް ޝެއާކުރީ ފިލްމުގެ ނަން ނުޖަހާ. އެނގޭ ކޮންމެވެސް ވަރަކަށް މީހުން ވާހަކަ ދައްކާނެކަން ވެސް. އެކަމަކު މިހާ ބޮޑަށް ނެގެޓިވް ވާހަކަތަކެއް ދައްކާނެ ކަމަކަށް ހިއެއް ނުކުރަން،" އެ ޕޯސްޓާ ގުޅޭ ގޮތުން "ހަތާވީސް"އާ ވާހަކަދައްކަމުން އާޝާ މިއަދު ބުންޏެވެ.
މިއީ އާޝާ އަދި ދަރާ ވެސް އެކުގައި ފެންނަ ފިލްމެއް ކަމަށް "ކަމަނާ"ގެ ޕޯސްޓެކެވެ. ފިލްމުގެ މައުލޫމާތު އެނގޭ ފަރާތަކުން މިއަދު "ހަތާވީސް" އަށް ބުނީ އެ ފިލްމަކީ އޮގަސްޓު 27ގައި އޮލިމްޕަސްގައި އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމެއް ކަމަށެވެ. އަދި ރޭ އާޝާ ހިއްސާކުރި ޕޯސްޓު ކަހަލަ އިތުރު ޕޯސްޓެއް މިއަދު ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވާނެ ކަމަށް އެފަރާތުން ބުންޏެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި