"ހަޑި" ނުކިޔުއްވުމަށް ވިިދާޅުވެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރީގެ ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ރޭ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންއެފްގެ "ފްރަންޓް އޮފީސް ޖަލްސާ"ގައި ޔާމީން ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ޔާމީން ވަނީ ދާދިފަހުން ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓޭޓް މިނިސްޓަރު ފަތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
"އެހެންވީމަ ފަހަރުގަ ވެދާނެތޯ ޝަމްނާޒް އެހާ ކައިރިން މަސައްކަތް ކުރީމަ އޭރު ހިނގާފަހުރި ހުރިހާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ޕެންޑްރައިވެއް މީނަ އަތުގަ އޮތީމަ އޭނާގެ ގެ ރެއިޑް ކުރުމުގެ ފުރުސަތެއް ހޯދީކަމަށް. އެހެންވީމަ މި ސިހުރުހާހޫރައިގެ ވާހަކަތޯ މިއުޅެނީ އެހެން ނޫނިއްޔާ އެހެން ކޮންމެސް އެއްޗެއް ހޯދާފަ އެ ކޮންމެސް އެހެން ގޮތަކަށް ބަދަލުވެގެންތޯ މިއުޅެނީ،" ޔާމީން ރޭ ވިދާޅުވިއެވެ.
ޔާމީނުގެ ވާހަކައަށް ފާޑު ވިދާޅުވެ ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕެންޑްރައިވްގެ ވާހަކަ ރައީސް ޔާމީން ދެއްކެވީމާ އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން ޝުޖާއު ވަނީ 2015 ވަނަ އަހަރު މުޅި މާލެ އެކޮޅޮކޮޅުން ޖަހާ ހޯދާބެލީ އަދީބު ފެނޭތޯތޯ ސުވާލު އުފައްދަވާފައެވެ.
"ޝަމްނާޒާ ރަމީޒް އަކީ ދެ މުނާފިގުންކަމަށް ބުނި މީހަކު މިއަދު އެ ދެ މީހުންނަށް އެހާ އޯގާތެެރިވަނީ ހަމަ ލޯބިންތަ. ހަޑި ނުކިޔާ،" ޝުޖާއު ވިދާޅުވިއެވެ.
މިފަހަކަށް އައިސް ޔާމީން ދައްކަވާ ގިނަ ވާހަކަތަކަށް ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން އަންނަނީ ރައްދު ދެއްވާ ފާޑު ވިދާޅުވަމުންނެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ