ދިވެހި ފިރިހެނަކާ އެކު، ތައިލެންޑުގެ ތިން އަންހެނަކު މަސާޖުޕާލާކުން މިރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލުމާތަގާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ހިންގި އެ އޮޕަރެޝަންގައި ހައްޔަރުކޮށްފައި ވަނި 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ 30 އަހަރުގެ ދެ އަންހެނުންގެ އިތުރުން 28 އަހަރުގެ އަންހެނެއް ކަމަށް ފުުހުން ބުންޏެވެ.
ފަހަކަށް އައިސް، ފުލުހުން ގެންދަނީ ހަށިވިއްކާތަންތަން ބަލައިފާސްކޮށް، އެފަދަ ތަންތަން ބަންދުކުރަމުންނެވެ.
މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ