ފުވައްމުލަކު ސިޓީގައި މީހަކު ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތުން އާއްމުންގެ ފާޑު ކިޔުންތައް ފުލުހުންގެ ހިދުމަތަށް އަމާޒުވެފައި ވަނިކޮށް އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ފުވައްމުލަކުގައި މީހަކު ހައްޔަރު ކުރުމަށް ދެ ފުލުހަކު މަސައްކަތް ކުރުމުގައި އަމަލުކުރި ގޮތުގެ ވީޑިއޯ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ދެ ފުލުހަކު ވެގެން މީހަކު ބިންމައްޗަށް ވައްޓާލައިގެން އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.
އެ މައްސަލާގައި އާއްމުންގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިރޭ ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، އެފަދަ އެއްވެސް އަމަލަކީ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއްނޫން ކަމަށެވެ.
އެ ހާދިސާ ތަހުގީގު ކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން މިހާރު އެދިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ