ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރަން ފުލުހުންގެ އިސްވެރިއަކު އެނގޭތޯ އެ މައްސަލާގެ ތުހުމަތުވާ ހަލީމަތު ލަމްހާ އުޅުނު ކަމަށް ލަމްހާއާ އެކު މަސައްކަތްކުރި ނަރުހަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.
މޭރީ އޮކްޓޫބަރު 2021 ގައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އައިޖީއެމްއެޗްގެ ނަރުހަކު ބުނިގޮތުގައި މޭރީގެ ހަށިގަނޑު ހޮސްޕިޓަލްގައި އޮއްވާ ލަމްހާ ގޮސް، މާވިން ސަލާމަތް ވާނެތޯ ބުނެ އޭނާއާ ސުވާލުކުރި އެވެ. އަދި މާވިންގެ ގައިގައި ވަކި އަޅާފައި ހުރި ނިޝާންތަކެއް ހުރުމުން އެކަމާ ކަންބޮޑުވެ އަދި ފުލުހުންގެ އިސްވެރިންގެ ތެރެއިން ދަންނަ މީހަކު ހުރިތޯ ލަމްހާ ސުވާލުކުރި ކަމަށް އެ ނަރުސް މީހާ ބުންޏެވެ. މާވިން ސަލާމަތް ކުރާނީ ލަމްހާ އަމިއްލައަށް ކަމަށް ލަމްހާ ބުނި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ލަމްހާ ހޮސްޕިޓަލްގައި ބަލި މީހުންނާ ވާހަކަ ދައްކާ ގޮތުންނާ އޭނާ ލަމްހާއާ މެދު އެހާ ބޮޑަޔަކަށް ގަޔާ ނުވެ އެވެ.
އެ ނަރުސް މީހާ ބުނިގޮތުގައި މޭރީ ފަންކާގައި ދަންޖެހުނީ ކަމަށް މާވިން ފުރަތަމަ ބުންޏެވެ. ނަމަވެސް، ފަހުން ބުނީ ކުޑަދޮރުގައި ދަން ޖެހުނު ކަމަށް އޭނާ ބުންޏެވެ. އަދި ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ހަށިގަނޑުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.
އެ މައްސަލާގައި އިތުރު ހެކިންގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އެބައޮތެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
މިމައްސަލަ ނިންމާ ހުކުމަކާ ހަމަޔައްދާން އަދި ކިހާދުވަހެއް ހޭދަވާނެތޯ
އަދުރޭ