އިޓަލީގެ ހަނގުރާމަ މަތީ ޖެޓުތަކެއް އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ.
މިދިޔަ އަހަރު ވެސް އިޓަލީގެ ހަނގުރާމަ މަތީގެ ހަތަރު ޖެޓު ވީއައިއޭ އަށް ޖެއްސިއެވެ. އެއާޕޯޓަށް މިފަދަ ފްލައިޓްތައް ޖައްސަނީ އޭވިއޭޝަންގެ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ. އެ ހުއްދަ ދިނުމުން އެ އުޅަނދަކަށް ހިދުމަތްދެމުންދެއެވެ.
ވެލާނާ އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝައްމާން ޝާކިރު "ހަތާވީސް" އަށް މިއަދު ވިދާޅުވީ މިފަދަ ޖެޓުތައް އެއާޕޯޓަށް ޖެއްސުމަކީ އާ ކަމެއް ނޫން ކަމަށެވެ. އަދި މިއަދު ވެސް ރާއްޖޭގެ މައި ވައިގެ ބަނދަރަށް ޖެއްސި ޖެޓުތަކަކީ އިޓަލީ އެއާފޯސްގެ ޖެޓުތަކެއް ކަމަށެވެ.
"މި ޖެޓުތައް ޖެއްސީ ޓެކްނިކަލް ޓްރާންސިޓަކަށް،" އިތުރު މައުލޫމާތު ދެއްވަމުން ޝައްމާން ވިދާޅުވިއެވެ.
މިއަދު ވެސް ރާއްޖެ ޖެއްސީ ހަތަރު ޖެޓެވެ. މީގެއިތުރުން ކާގޯ ބޯޓެއް ވެސް ޖެއްސިއެވެ. މި މަންޒަރު ފެނުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ޖެޓުތަކުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ