ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ ކުރި ތިން މީހުންގެ ތެރެއިން ދައުވާ ސާބިތު ނުވާ ކަމަށް ނިންމި ދެ މީހުންގެ ތެރޭގައި ހިމެނޭ އެކެއްގެ މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހުން ނިންމައިފިއެވެ.
ދެހާސް އެކާވީސްވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބެއިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމަށާއި، 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިދިޔަ މާޗު މަހުގެ 20ވަނަ ދުވަހު އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ހަމަ އެ މައްސަލައިގައި ދައުވާ ކޮށްފައިވާ ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނާއި، ގދ. ހޯނޑެއްދޫ، އަލޯރާ، އަޙްމަދު މުޖާހިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ނިންމަވާފައިވެއެވެ.
ޕީޖީން މިއަދު ބުނީ ސުނައިނުގެ ބައިގައި ހުކުމަށް ވާސިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް، ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެނެވިދާނެ ކަމަށް ނުފެންނާތީ، އޭނާގެ ބައި އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ މިމަހުގެ 8ވަނަ ދުވަހަށެވެ. އެހެންކަމުން އޭގެ ކުރިން މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުންޏެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ