މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރުމަށް އެ ކޮމެޓީން ފާސް ކޮށްފިއެވެ.
އަލީ ހާޝިމް މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު އިއްޔެ ބޭއްވި މާލިއްޔަތު ކޮމެޓީގައި ވަނީ ގަވަރުނަރުގެ މަގާމުން އޭނާ ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ފާސް ކޮށްފައެވެ. އެހެންކަމުން އަލީ ހާޝިމް މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމީ އެ މައްސަލަ އަށް ޖަވާބުދާރީވުމަށެވެ.
އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އެެރުވުމުގެ މައްސަލަ އަށް ވޯޓު ނުދެއްވާ ހުންނެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.
މިއަދު ރާއްޖެ އިގްތިސޯދީ ކާރިސާއަކާއި ދިމާއަށް ދާއިރު އެކަމުން ގައުމު އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ތަނަކީ އެމްއެމްއޭ ކަމަށްވާއިރު މަރުކަޒީ ބޭންކުގެ އެންމެ އިސް ފަރާތަށްވެ ހުންނަވާ މަސްއޫލިއްތު އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނު އަދާ ނުކުރައްވާ ކަމަށްވެސް މައްސަލާގައިވެއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި