އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށްފި އެވެ.
އެމްއޭސީއެލްގެ އެމްޑީގެ ކާރު އެއާޕޯޓުގައި އޮއްވާ މިދިޔަ އޭޕްރީލް މަހު ވަގަށް ނެގި މައްސަލާގައި ޕީޖީން ބުނީ އެ މައްސަލާގައި ދައުވާކުރީ މ. ސީނިއަސުރުމާގޭ މުހައްމަދު ހައިޝަމާއި މ. މޮޑަންހޯމް އަހުމަދު ނިޒާމްގެ މައްޗަށް ކަމަށެވެ.
އެ މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. އަދި އެ ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އެ ދެ މީހުންގެ މައްޗަށް އަންނާނެ އެވެ.
މީގެ އިތުރުން މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާގެ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެއް ނިޒާމްގެ މައްޗަށް ކުރެ އެވެ. އެއީ އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއިގެން އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައި ވާތީ އެވެ.
އެ މައްސަލާގެ ތަހުގީގުގެ ތެރެއިން, އެކަކުގެ ނަމުގައި 100 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށް އަދި ބައެއް ވެހިކަލްތަކުގެ ޗެސިސް ނަމްބަރު އޮޅުވާލާފައިވާ ބޮޑު ސްކޭމެއް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި