މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ނިންމާ މާލިއްޔަތު ކޮމެޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ވެސް ފާސްކޮށްފައެވެ. އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އެެރުވުމުގެ މައްސަލަ އަށް ވޯޓު ނުދެއްވާ ހުންނެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.
އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ހިނގާދިޔަ މުއްދަތުގެ ތެރޭގައި އިގްތިސޯދީ ކަންކަމުގައި ގަވަރުނަރު ސަރުކާރަށް ލަފާ ދީފައި ނުވާ ކަމަށެވެ. އަދި އެމްއެމްއޭ އިން ހަރުދަނާ މަސައްކަތްތަކެއް [އިގްތިސޯދު ރަނގަޅު ކުރުމަށް] ކޮށްފައި ނުވާ ކަމަށެވެ.
މިއަދު ރާއްޖެ އިގްތިސޯދީ ކާރިސާއަކާއި ދިމާއަށް ދާއިރު އެކަމުން ގައުމު އަރައިގަތުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހޭ އެއް ތަނަކީ އެމްއެމްއޭ ކަމަށްވާއިރު މަރުކަޒީ ބޭންކުގެ އެންމެ އިސް ފަރާތަށްވެ ހުންނަވާ މަސްއޫލިއްތު އެންމެ ފުރިހަމަ ގޮތުގައި އެމަނިކުފާނު އަދާ ނުކުރައްވާ ކަމަށްވެސް މައްސަލާގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ