ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފިއެވެ.
އެ ކޮންފަރެންސް ގެ މައިގަނޑު މަގްސަދަކީ އެސްޓީއޯ އިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ތައާރަފް ކުރި އެސްޓްރާޒެނެކާ ބްރޭންޑްގެ ބޭސްތަކުގެ ތެރެއިން ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލި މީހުންނަށް ފަރުވާ ކުރުމަށް ހާއްސަ ބޭސްތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއް ކަމުގައި ޔޫއެސްގެ އެފްޑީއޭ އިން ނިންމުމުން އެއާއި ގުޅޭ މުހިއްމު މައުލޫމާތު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ސަތޭކަ އަށް ވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި އެ ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމުގައިވާ ޑރ. މުހައްމަދު ސިރުހާނާއި ޑރ. އިބްރާހިމް ޝިހާމާއި އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތު ހިއްސާ ކުރައްވާފައެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް އަންނަނީ ކުދަމުންނެވެ.
އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ކުރިއެރުވުމެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން