ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ، 50 ވަރަކަށް ބިދޭސީން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި އަތުލައިގަތް ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ މާލޭގެ ލޯކަލް މާރުކޭޓާއި އެކި ސަރަހައްދުތަކުގައި ހިންގާ މާކެޓުތަކުގެ އިތުރުން އެކި ސަރަހައްދުތަކުން ކަމަށެވެ.
ސިލްސިލާކޮށް، އެ އޮޕަރޭޝަން ހިންގާނެކަމެއް ފުލުހުން އަދި ނުބުނެއެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގައި، އެ މީހުން ގަވާއިދުތަކަށް ފެއްތުމަށް މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީން ވަނީ މަސައްކަތް ފަށާފައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިއަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު ކ. ހިންމަފުށިންނެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. އެއީ 132،371 ބިދޭސީންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
މާދަމާ އަނެއްނަމެއްގައި މާލެއައިސް އުޅޭތަން ފެންނާނެ!!
ޢައިސް