މި ސަރުކާރަށް ރާއްޖެއިން ބޭރުން އެންމެ ޑޮލަރެއް ވެސް ނުލިބޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މި ސަރުކާރަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެރިކަން ބަދަލުވުމުގެ މަރުހަލާގައި މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ އުއްމީދުގައި ބޮޑެތި ވައުދުތައް ސަރުކާރުން ވަމުންދިޔަ ނަމަވެސް އެންމެ ޑޮލަރެއް ވެސް ސަރުކާރަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ބޭފުޅުންނަށް ވަރަށް ޔަގީންވެފައި އޮތީ ފައިސާ ލިބޭނެ ކަމަށް. އަދި މިދިޔަ ހަތް މަސް ތެރޭގައި ބޭރުން އެއް ޑޮލަރު ވެސް ލިބިފައެއް ނެތް." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ފައިސާ ލިބޭނެ ކަމުގެ އުއްމީދުގައި މި ސަރުކާރުން އުޅުނީ އެއްވެސް ދެކޮޅު ނުޖެހޭ ޕްރޮޕޯޒަލްތަކެއް ހިފައިގެން ކަމަށެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ވާހަކަ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ދެއްކުމުން ވެސް މި ސަރުކާރުގެ އިސްވެރިން ދެއްކީ ފައިސާ ލިބޭނެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި މިހާރު އިގްތިސާދު އޮތް ހާލަތުން ހަރަދު ކުޑަކުރަން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މާލީ ހާލަތު ގޯސްވެ, ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން ވެސް ހިމެނެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް