ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މުލީއާގެއިން ފެނުނު "ސިހުރެއް" ރައީސް ޔާމީން ވެރިކަމުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާ މިއަދު އާއްމު ކުރައްވައިފިއެވެ.
މުސްތަފާ މިއަދު ވަނީ އެކްސްގައި "ސިހުރު" ހަދާފައިވާ ކަމަށް ބުނެފައިވާ ބައެއް ފޮޓޯތަކެއް އާއްމު ކޮށްފައެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ވަރަށް ފާޑުފާޑުގެ ސިހުރު މީހުން ހެދި ކަމަށެވެ. އެއީ އެމަނިކުފާނުގެ ލޯބި ހާސިލު ކުރުމައްވެސް ވެދާނެ ކަމަށާއި އަދި ސިޔާސީ ގޮތުން އެމަނިކުފާނާ ގާތްވާންވެސް ވެދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ފަނާކޮއްލާންވެސް ވެދާނެއެވެ. މިއީ މުލީއާގެ މައިދޮރު އަޑިން އަޅުގަނޑު ނެގި ސިހުރެކެވެ. ރައީސުންގެ ފާރަވެރީންގެ ގޮތުގައި ތިބުމަކީ ޒާތެއްގެ ކަމެކެވެ. ވަރަށް ތެދުވެރި، ކެރޭ މީހަކަށް ވާން ވާނެވެ،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ އާއްމު ކޮށްފައިވާ ފޮޓޯތަކުގައި މީހަކުވެސް ފެނެއެވެ. މިސްކިތެއްގެ ތެރޭގައި އިން ކަމަށް ބުނާ އެމީހާއަކީ މުސްތަފާ ވިދާޅުވާ ގޮތުގައި ރައީސް ޔާމީނަށް ސިހުރު ހެދުމަށް މިސްކިތެއްގެ ތެރޭގައި އިން މީހެކެވެ.
"އެކަލޭގެ ފަހަތުން ދުވެ. ކުރި ކަންކަން ބަރާބަރަށް ބަލާ ފުލުހަށް ރިޕޯޓް ކުރީމެވެ. މިކަލޭގެ މިކަމެއް ކުރާކަން، މިސްކިތުގައި އިންކަން، އަޅުގަނޑަށް އެންގީ އިބޫ [ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު] ދައުރު ފުރިހަމަ ކުރި ވަޒީރެކެވެ،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް އާއި އިތުރު ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކީކޭބުނާނީވެސް، މިހާރުދެން ރޔާމީނޭ ކިއައިގެން ނުދެއްކިފާ އޮތްވާހަކައަކީ މީދޯ.
މުޑަހަނދި