ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދާނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވެ ދަރަނީގެ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅު މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވަނީއެވެ.
އެޖެންޑާގެ ފުރަތަމަ ނަންބަރެއްގެ ގޮތުގައި އޮތީ ވެސް ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ، ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިއުމެވެ.
ދަރަންޏާ ބެހޭ ބިލުގެ މަސައްކަތް އަވަސް ކުރަން ނިންމާފައިވާއިރު ރާއްޖޭގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ބައިނަލްއަގްވާމީ މާލީ ރޭޓިން އިދާރާއެއް ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ކްރެޓިޑް ރޭޓިން "ސީސީސީ+" މިދިޔަ ބުދަ ދުވަހު (26 ޖޫން 2024) ވަނީ ދަށްކޮށްފައެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބަޔާނެއްގައި ވަނީ ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ނެގި ބޭރު ލޯނުތަކާއި ފައިސާ ޗާޕްކުރުން ފަދަ ކަންކަމުގެ ސަބަބުން އޮތް ނުރައްކާ ބޮޑުވުމުން ކަމަށް ފިޗުން ފާހަގަކުރާ ކަމަށެވެ.
ނަމަވެސް އެ ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ރާވާފައިވާ ޕްލޭންގެ ދަށުން ހާލަތު ރަނގަޅުވެ, މާލީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފިޗުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މާލީ ހާލަތު ގޯސްވެ, ސަރުކާރުގެ ކުންފުނިތަކުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި ސިޔާސީ މުވައްޒަފުން މަދުކުރުން ފަދަ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި