ބައިނަލްއަގްވާމީ މާލީ ރޭޓިން އިދާރާއެއް ކަމަށްވާ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ކުރީގެ ސަރުކާރުން އަމަލުކޮށްފައި ހުރި ގޮތުގެ ސަބަބުން ކަމަށް ފިޗުން ގަބޫލުކުރާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
ރާއްޖޭގެ ކްރެޓިޑް ރޭޓިން "ސީސީސީ+" އަށް ފިޗުން ވަނީ މިއަދު ދަށްކޮށްފަ އެވެ. އޭގެ މާނައަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ގޯސްވެފައި ވުމެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުން ނެގި ބޭރު ލޯނުތަކާއި ފައިސާ ޗާޕްކުރުން ފަދަ ކަންކަމުގެ ސަބަބުން އޮތް ނުރައްކާ ބޮޑުވުމުން ކަމަށް ފިޗުން ފާހަގަކުރާ ކަމަށެވެ.
ނަމަވެސް އެ ހާލަތުން އަރައިގަތުމަށް މި ސަރުކާރުން ރާވާފައިވާ ޕްލޭންގެ ދަށުން ހާލަތު ރަނގަޅުވެ, މާލީ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފިޗުން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މާލީ ހާލަތު ގޯސްވެ, ސަރުކާރުގެ ކުންފުނިތަކުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އަދި ސިޔާސީ މުވައްޒަފުން މަދުކުރުން ފަދަ ހާއްސަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކުރީ ސަރުކާރެކޭ ކިޔާނެ ކަމެއް ނެތް. ސަރުކާރު ވަނީ ރައްޔިތުން ބަދަލު ކޮށްފައި.
އަހްމަދުކަލޭމެން ކީކުރަން ދަރުވާލާފާވާ ގައުމަކާ ހަވާލުވި ކުރީސަރުކާރޭ ތިތާނެތް ދައުލަތުގެހަޒާނާ ކަޅާނުކޮއްލާ އެންމެ މީހެއްވެސް މުޅިންވެސް އަނބިދަރިން ނަށްތިކާންދީނަގަނީހަރާންއެއްޗެހި
ފާތުން