ނ. އަތޮޅު ފަޅުރަށަކަށް، ޑިންގީއެއްގައި ލެއްގި ސޯމާލިއާ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި ތިން މީހުން ނ. ވަވަތި ނަމަކަށް ކިޔާ ފަޅު ރަށަކަށް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން އެންމެ ފުރަތަމަ ތިބީ ފުލުހުން އެމީހުންނަށް ހަމަޖައްސައިދިން ނ. ހޮޅުދޫ ވަގުތީ ހިޔާއެއްގައެވެ.
ފުލުހުން މިއަދު ބުނީ އެ ތިން މީހުން އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަހައްޓާ ތަން ހުންނަނީ ހުޅުމާލޭގައެވެ.
ސޯމާލިއާ މީހުން އިމިގްރޭޝަނާ ހަވާލު ކޮށްފައި މިވަނީ ހޮޅުދޫގެ މަގުތަކަށް އެމީހުން ނިކުމެ އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވަނިކޮށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ