ސަރުކާރުގެ ފަޅު އިމާރާތްތަކާއެކު މާލޭގައި މިވަގުތު މަސްތުވާތަކެތީގެ 50 އައްޑާ މާލޭގައި އެބަހުރި ކަމަށް ހޯމްލޭންޑް ސެކިއުރީޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި މިއަދު މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޑުރަގު އައްޑާތަކުގެ ތެރޭގައި ގިނައީ އާއްމުންގެ ތަންތަން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ފަޅު އިމާރާތްތައް ވެސް ޑުރަގު އައްޑާތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ފާހަގަކުރެއްވި ގޮތުގައި ޑުރަގު އައްޑާތަކުގެ ގޮތުގައި ހުރި ގިނަ ތަންތަނަކީ ފަޅު ގެތަކުގެ ގޮތުގައި ހުރި ތަންތަން ކަމަށެވެ.
"އަޅުގަނޑުމެން މިތަންތަނަށް ވަދެ މިތަންތަނުގެ ވީޑިއޯތައް ނަގާ މިހާރު އެސެސްމަންޓެއް ހެދިފައި ވަނީ. ކޮބައިތޯ ޕްރައިވެޓް ޕްރޮޕަޓީސްތަކަކީ ކޮބައޮތޯ ޕްރައިވެޓް ޕްރޮޕަޓީސްތަކަކީ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ވިދާޅުވީ އެސެސްމަންޓުން ފާހަގަ ކުރެވުނު އިމާރާތްތައް ތަޅާލުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ޕަބްލިކް ވޯކްސްއާ އެކު މިއަދު އެކަމުގެ މަޝްވަރާތައް ކުރިޔަށް ދާނެ ކަމަށެވެ.
އެ މަސައްކަތްތަކަށް ދާއިމީ ހައްލެއް ލިބިގެން ދާނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހައްލު ލިބިގެން ދިއުމުން ކަމަށް ވެސް އިހުސާން ފާހަގަކުރެއްވިއެވެ. އެކަންކަން ހައްލު ކުރުމަށްޓަކައި މަހެއްހާ ދުވަސް ތެރޭގައި ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ