ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) އުމުރުން 18 އަހަރުގެ ހުސައިން ޒިހާން ނަމަކަށް ކިޔާ ޒުވާނަކު އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ހުސައިން ޒިހާން އެންމެ ފަހުން ފެނިފައިވަނީ ޖޫން 21 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
އެހެންކަމުން ފުލުހުން ވަނީ ޒިހާންއާ ގުޅޭ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުމަށް އެދިފައެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން