މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫ ސިޓީގައި ކުރަމުން ގެންދާ މުޒާހަރާ އަށް އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ނުރުހުން ފާޅުކުރައްވައިފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ ހަރުގެ "ޕީއެންސީ ހައުސް" ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިރޭ ޝާޑު ވިދާޅުވީ މި ސަރުކާރު އައި ފަހުން މަސްވެރިންނަށް 800 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. މި ސަރުކާރަށް 8 މަސް ވެގެން ދިޔައިރު އެއީ މަހަކަށް 100 މިލިއަން ރުފިޔާ ކަމަށް ޝާޑު ވިދާޅުވިއެވެ.
ޝާޑު ތުހުމަތު ކުރެއްވި ގޮތުގައި އެކަމަކީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެކެވެ.
"އައްޑޫގެ މަސްވެރިން ހުޅުދޫ މީދޫގައި ހެދިފައިވާ މަސް ފެކްޓަރީގައި ކުރަމުންދާ އިހުތިޖާޖަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލުކުރާ, ގަބޫލުކުރުމެއް ނޫން," ޝާޑު ވިދާޅުވިއެވެ.
މަސްވެރިން އަތުން މަސް ގަތުމަށްފަހު މިފްކޯއިން ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި އައްޑޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް ވަނީ ހުރަސް އަޅައިފަ އެވެ. އަދި އެތަނަށް ކަރަންޓް ދިނުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.
މި މައްސަލައާ ގުޅިގެން މިފްކޯ އިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މިފްކޯ އިން ބުނީ އެ މުޒާހަރާގެ ތެރެއިން ފިޝަރީޒް ކޮމްޕްލެކްސްގެ މުދަލަށް ގެއްލުން ދިނުމާއި މުވައްޒަފުންނަށް ދަތި ކުރުމާއި އެތަނަށް ކަރަންޓް ދޭން ހުރަސް އެޅުމުގެ ސަބަބުން އެތަނުގެ އޮޕަރޭޝަންސްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި އެތަނުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާ ދޯނިތަކުން މަސް ގަތުން ކުރިއަށް އޮތް ތިން މަސް ދުވަހަށް ހުއްޓާލާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު