މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ނައްޓާލިތަނާ ބޯޓުގެ އިންޖީނުން އަލިފާން ރޯވެގެންދާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއެވެ.
މިއަދު މެންދުރު އެކެއް ޖެހިއިރު ޓްރިވެންޑްރަމަށް ދިއުމަށް ވީއައިއޭއިން ނައްޓާލި އެއާބަސް މަރުކާގެ އެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަނބުރާ ވީއައިއޭއަށް ޖައްސާފައިވާކަން މޯލްޑިވިއަނުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއާ ގުޅޭ ތަފްސީލެއް މޯލްޑިވިއަނުން ހާމައެއް ނުކުރެއެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ވެލާނާ އެއާޕޯޓުން ބޯޓު ފުރައިގެން، މާލެ ފަސްދީ ދަނިކޮށް އިންޖީނުން އަލިފާން ހުޅުކޮޅެއް ދޫވެގެންދާތަން ފެނެއެވެ. އަލިފާން ނުކުމެގެންދާއިރު، އަޑެއް ވެސް އިވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން