ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބިދޭސީއަކަށް ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ނިޔާވެފައި ވަނީ ސްރީލަންކާގެ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހައިވޭއިން މާލެއިން ހުޅުމާލެއަށްދާ ފަޅީގައި އިއްޔެ ހެނދުނު ކަމަށެވެ. ފުލުހުންނަށް އެ ހާދިސާ ރިޕޯޓް ކުރީ އިއްޔެ ހެނދުނު 6:40 އެހާކަންހާއިރު ކަމަށާއި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުން ކަމަށާއި ފަހުން އޭޑީކޭއަށް ބަދަލުކޮފައިވާ ކަމަށެވެ.
"އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދު އެ މީހާ ނިޔާވެފައިވާ ކަމަށް އޭޑީކޭ އިން ފުލުހުންނަށް މައުލުމާތު ދީފައިވޭ،" ފުލުހުން މީޑީއާތަަކށް ފޮނުވި މެސެޖުގައިވެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ