މާލޭގައި ރޭ ޕާކު ކޮށްފައި ހުރި ސައިކަކުތަކެއްގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކުރި ކަމުގެ ހެއްކެތް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ސައިކަލުތަކުގައި ރޯވެފައި ވަނީ "އެކްސިޑެންޓަކުން" ކަމަށެވެ.
ސައިކަލުތަކުގައި ރޯވުމާއި ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ މާލޭގެ މެހެލި ގޯޅީގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ރޭ 00:34 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ފަސް ސައިކަލަކާއި ބައިސިކަލެއްގައި ރޯވެފައިވާއިރު އެތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ސައިކަލުތަކެއްގައި ރޯކޮށްލިއެވެ. އެ މައްސަލާގަައި މީހަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ