ދެ ލޯންޗެއް ޖެހި، ދ. އަތޮޅުގައި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ދ. އަތޮޅު ވޮންމުލި ރިސޯޓު ކައިރީގައެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ދެ މީހަކަށް ފަރުވާ ދިނުމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވެފައި ވަނީ ވޮންމުލީ ރިސޯޓުގެ ލޯންޗަކާއި ދޫރެސް ލޯންޗެކެވެ. އަނިޔާވެފައި ވަނީ ވޮންމުލި ލޯންޗުގައި ތިބި މީހުންނަށެވެ. އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އެކްސިޑެންޓުވި ދެ ލޯންޗާއި އަނިޔާވި މީހުން އެންމެ ފުރަތަމަ ގެންދިޔައީ ދ. ހުޅުދެއްޔަށެވެ. އެކްސިޑެންޓުގައި ދެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.
"އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ