ހުޅުމާލޭގައި މާރާމާރީ ހިންގައި، ކާރަކުން ޖައްސައި ދެ މީހަކު ފިލައިފިއެވެ. އެތަނުން އެކަކު ފުލުހުން ވަނީ އަތުލައިގެންފައެވެ.
ފުލުހުން ބުނީ ރޭ ފަތިހު ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، އެ ސަރަހައްދަށް ފުލުހުން ދިއުމުން މާރާމާރީ ހިންގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފިލަން މަސައްކަތް ކުރުމުން، ފުލުހަކު އެ ކާރު ހުއްޓުވަން އުޅުމުން، ފުލުސް މީހާގެ ގައިގައި ކާރުން ޖައްސައި ފިލާފައިވާ ކަމަށެވެ.
"އެތަނުން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައި. އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ، މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައިވެއެވެ.
ހުޅުމާލޭގައި ހިންގި މި މާރާމާރީގައި ޒަހަމްވި މީހާ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ރެ އާއި މިއަދު މާލޭގައި މިހާތަނަށް ވަނީ ތިން މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީތަކުގައި ހަތަރު މީހަކު ޒަހަމްވެފައިވެއެވެ. މާރާމާރީތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތިން މީހުންނެވެ.
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފި
ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން އުޅެނީ ފުނޑާލަން
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި