މާލޭގައި މާރާމާރީ ހިންގައި މީހަކު ރޭ ޒަހަމްކޮށްލައިފައި ވަނިކޮށް، އަނެއްކާވެސް މިއަދު މާރާމާރީ ހިންގައި، ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގާފައި ވަނީ ޝަހީދުއަލި މިސްކިތް ކައިރީގައި މިއަދު މެންދުރުފަހު ކަމަށެވެ. އަދި ބުނީ ޒަހަމްވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރުފަހު 12:45 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މި މާރާމާރީއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމެއް އަދި ނުބުނެއެވެ.
ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭގެ މާރާމާރީގައި ޒަހަމްވި މީހާއަށް ފަރުވާ ދީފައި ވަނީ ސެނަހިޔާ ހޮސްޕިޓަލުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ