ފްރާންސް ނުވަތަ ފަރަންސޭސީ ކަނޑުގެ ސިފައިގެން ސިގްނަލްސް އިންޓެލިޖެންސް މަނަވަރު ޑުޕައި ޑިލޮމޭ، ރަހުމަތްތެރިކަމުގެ ޒިޔަރާތެއްގައި ރާއްޖެއަށް އަތުވެއްޖެއެވެ.
މި މަނަވަރަކީ ކަނޑުގެ ސަރަހައްދުގައި ޖާސޫސުކޮށް، އިލެކްޓްރޯމެގްނެޓިކް ރިސަރޗްއަށް ފަރަންސޭސީން ބޭނުންކުރާ މަނަވަރެކެވެ. މި މަނަވަރު ރާއްޖެ އައިސް، ބަނދަރުކޮށްފައި ވަނީ މާލެ ސަރަހައްދުގައެވެ.
މި މަނަވަރު މިދިޔަ އަހަރުގެ މެދުތެރޭ އަވަށްޓެރި ސްރީލަންކާއަށް ވެސް ބަނދަރުކުރިއެވެ. އަދި މައްސަލަ ބޮޑުވެފައިވާ ތައިވާން ކަނޑުއޮޅިންވެސް 2021 ވަނަ އަހަރު ދަތުރުކޮށްފައިވެއެވެ. މީގެ އިތުރުން އިންޑިއާގެ ދެކުނުގައިވާ އެގައުމުގެ ކަނޑުގެ ސިފައިންގެ މައި މަރުކަޒު ވިޝާކަޕަޓްނަމްއަށް ވެސް މި މަނަވަރު ޒިޔާރަތްކޮށްފައިވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން މި އުޅަނދު ވަނީ އެތައް ފަހަރަކު ބޮސްފަރަސް ހުރަސްކޮށް، ކަޅުކަނޑަށް ވަދެ، ޔޫކްރެއިންގެ އޮޑޭޝާގައި ބަނދަރުކޮށްފައެވެ.
ނޭޓޯގެ ފައުޖުގައި ހިމެނޭ ފަރަންސޭސީ ޖާސޫސީ މަނަވަރެއް ރަޝިޔާއާ މިހާ ކައިރީގައި ބަނދަކުރާތީ ރަޝިޔާއިން އޭރު އެތައް ފަހަރަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ. ދެހާސްފަނަރަ ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިންގެ ކްރައިމިއާ ހިފުމާއި ގުޅިގެން ބްލެކްސީއަށް ޑިޕްލޯއި ކުރި ނޭޓޯގެ ފައުޖުގައި ވެސް ޑުޕައި ޑިލޮމޭ ހިމެނެއެވެ.
މި މަނަވަރު ރާއްޖެއަށް ކުރަމުންދާ ދަތުރާއި ބެހޭ ގޮތުން އެމްއެންޑީއެފް އިން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މިމަނަވަރަކީ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއްކަމުން މިއުޅަނދާއި ބެހޭ މާގިނަ މައުލޫމާތެއް ފަރަންސޭސީ އަސްކަރިއްޔާއިންވެސް ހާމައެއް ނުކުރެއެވެ.
		
										
										
		
		
		
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު