"ބުލީ"އަށްވުރެ އިސްކަންދެނީ އިހުތިރާމްކުރާ މީހުންނަށް: މެކްރޮން
2026/01/21 13:55
ޔޫރަޕުން ބިރުދެއްކުންތަކަށް ދޫނުދޭނެ ކަމަށާއި، ބިރުގަނެގެން ފަހަތަށް ނުޖެހޭނެ ކަމަށް ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.
މެކްރޮން މިހެން ވިދާޅުވީ، ޔޫރަޕުން ގްރީންލޭންޑް އޭނާގެ ބާރުގެ ދަށަށް ގެންދިއުމަށް ފުރުސަތު ނުދީފިނަމަ، ބޮޑެތި ޓެރިފްތަކެއް (އިމްޕޯޓް ޑިއުޓީ) ކުރިމަތިކުރާނެ...