ޔޫރޯ ފުޓްބޯޅަ މުބާރާތަށް ހާއްސަކޮށްގެން އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.
މާދަމާ ރޭ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތާއި ގުޅުވާ އެސްޓީއޯ އިން ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅު ތެރޭގެ ފިހާރަތަކުގައެވެ.
މކ ޕްރޮމޯޝަންގައި 15 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ދޭނެ އެވެ. ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރު ސިސްޓަމާއި އަދި ހެޑްފޯނެވެ. އަދި ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރު ގަތުމުން ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000 ރުފިޔާގެ އިނާމު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްރޮމޯޝަންގެ އިނާމުތައް:
– ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: ހޯމް ތިއޭޓަރު ސިސްޓަމެއް
– ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރު ސިސްޓަމެއް
– ކުއާޓާ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް: 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓާ ސިސްޓަމެއް
– ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް: 65 އިންޗީގެ ޓީވީއެއް.
އެސްޓީއޯ އިން ބުނީ ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.