މިދިޔަ 2022ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލީ އޭނާ ސިހުރު ހަދާ ކަމަށް ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާއި ގުޅުވާ ބަދަލު ހިފުމަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހު އެ މަގުސަދުގައި ނައީމާ މަރާލި ނަމަވެސް ތަހުގީގުގައި މިހާތަނަށް ނައީމާ އެފަދަ އެއްވެސް ކަމެއް ކުރި ކަމުގެ ހެއްކެތް އަދި ގަރީނާއެއް ވެސް ނުލިބޭ ކަމަށެވެ.
ނައީމާގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެ ތިން މީހުންނަކީ ވެސް މަނަދޫ މީހުންނެވެ.
އެ ތިން މީހުންނަކީ:
- ފެހިވިލާގެ، ނ. މަނަދޫ، އަހުޒަމް އަބްދުލްޝަކޫރު
- ވިނަރެސް، ނ. މަނަދޫ، ހުސައިން ފަވާޒު
- ފިނިފެންމާގެ، ނ. މަނަދޫ، އަބްދުލްވާހިދު ރިފާސް
އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގަ މީހުން މެރުމާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ