ބިސްގަނޑެއް އަޅައި ނުދިން ކަމަށް ބުނެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާލިބޭ ސްރީލަންކާގެ މީހާގެ މައްސަލަ އަންނަ އޮކްޓޫބަރު މަހު ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެއެވެ.
އެއްލައިދޫ ރިސޯޓްގައި ސްރީލަންކާގެ ޝެފަކަށް 2019 ވަނަ އަހަރު ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާ މަރާލީ ބިސްގަނޑެއް އަޅައިދޭން އެދުމުން އެކަމަށް ދެކޮޅު ހެދުމުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އެ މައްސަލަ ބާރު ސްޕީޑްގައި ކުރިއަށް ނުދާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އަންނަ އޮކްޓޫބަރު މަހު މައްސަލަ ނިންމޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގެ ބައެއް ހެކިން މިހާރު ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުންގެ ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތަށް މިއަދު ވަނީ ކޯޓުން އަންގައިފައެވެ.
އެ މައްސަލާގައި މިއަދު ވަނީ އެ މީހާ މަރާލި ސަރަހައްދުގައި އުޅުނު ފުލުހެއްގެ ހެކިބަސް ނަގައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ހާދަހާވާ އަވަހެތިކަން މީތާ އެ ކިޔާ އަދުލު އިންސާފު
އެޗްކޭ