ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެކެވެ. މީގެ ފަސް އަހަރު ކުރިން، 2019 ވަނަ އަހަރު ކުރީ ނިހާންގެ މައްޗަށް މި ދައުވާތައް އުފުލާފައި ވަނީ ނިހާން މަޖިލިސް މެމްބަރަކަށް ހުންނެވިއިރު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެން ގިނަ އަދަދެއްގެ ފައިސާ އާއި ރޮލެކްސް ގަޑިއެއް ހޯއްދެވި ކަމަށް ބުނެއެވެ. އޭނާ ކުށް ކޮށްގެން ހޯދިކަމަށް ބުނާ މުދާ ދައުލަތަށް ނަގަން ޕީޖީން އޭރު ކޯޓުގައި އެދިފައިވެއެވެ.
ޕީޖީ އޮފީހުން މި ހަފުތާގައި ވަނީ މައްސަލަ ރިވިއު ކުރުމަށްފަހު ކުރިއަށް ނުގެންދަން ނިންމާފައިވާކަން ނިހާނަށް އަންގައިފައެވެ.
ނިހާންގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ ހަމަޖައްސައިފައެވެ.
ނިހާން އެ މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.
ނިހާނަށް އުފުލި ދައުވާތަކުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 150،000 ޑޮލަރު ނިހާނަށް ލިބިފައިވާ ކަމަށާއި، އެ ފައިސާ އެހެން ފައިސާތަކާ އެއްކުރުމަށް ފަހު އޭނާ ޕްލެޓިނަމް ރެޒިޑެންސުން އެޕާޓްމެންޓެއް ބައްލަވައިގެންނެވި ކަމަށެވެ. ރިޝްވަތާއި ކޮރަޕްޝަންގެ މި އަމަލުތައް ނިހާން ހިންގެވި ކަމަށް ވަނީ 18 ވަނަ މަޖިލީހުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނަވައި، މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ދުވަސްވަރުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ޖިނާޢީދަޢުވާ ރާއްޖޭގެއިސްލާމްދީނާއިޤާނޫނުގައިކުރަންޖެހެނީ ވަކިބަޔަކާހެއްޔެވެ މިއީޙައިރާންވާވަރުގެކަމެކެވެ އެކަމަކުމިއީ100ޕަސެންޓުމުސްލިމުންނޭކިޔައެވެ
އިއްބެ